އަޅުގަނޑުމެން

މި ޑިޕާޓުމަންޓު އުފެދުނީ 17 ނޮވެމްބަރ 2018 ގައެވެ. އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދަރިވަރުންނަށް، ޚާއްޞަ އެހީތެރިކަން ފޯރުކޮށްދީގެން އުނގަންނާދިނުމުގެ މަސައްކަތް ރަސްމީ ސިފައެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށާފައިވަނީ،  1999ގައި، އެ މިނިސްޓްރީގެ ސްޕަވިޝަން ސެކްޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ގޮތުގައެވެ. އެއަށްފަހު، އެޑިޔުކޭޝަން ޑިވޮލޮޕްމަންޓުން ސެންޓަރުން މި މަސައްކަތް ކުރިއަށް ގެންދިޔައެވެ. އަދި އޭގެފަހުން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި މި މަސައްކަތް  ކުރިއަށް ގެންދިޔައީ މި މަސައްކަތަށް ވަކި ޔުނިޓެއް ކަނޑައަޅައިގެންނެވެ.
މި ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތަކީ އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދަރިވަރުންނަށް، އުނގަންނާދިނުމުގެ ސިޔާސަތުތައް އެކުލަވާލުމާއި، އެ ސިޔާސަތު ތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަޢުލީމީ ނިޒާމުގެ އެންމެހާ ކަންތައްތައް ތަރުތީބު ކުރުވުމެވެ. މީގެ އިތުރުން، ޓީޗަރުން ތަމްރީނު ކުރުމާއި ސްކޫލްތަކަށް ފަންނީ ލަފާދިނުމާއި މުޖުތަމަޢު ހޭލުންތެރި ކުރުވުންވެސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ޖަމާއަތްތަކާ ގުޅިގެން އުނގަންނާދިނުމުގައި ދިމާވާ އެންމެހައި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމެވެ.