މެންޑޭޓް

ޕްރޮގްރާމް އަދި ޓްރެއިނިންގ ސެކްޝަން

1.      ޝާމިލުކޮށްގެން ކިޔަވައިދިނުން ކުރިއަރުވައި ތަރައްގީ ކުރުމަށް ބޭނުންވާ ސްކޫލުތައް ދެނެގަނެ، އެ ސްކޫލުތަކުގައި ޝާމިލުކޮށްގެން ކިޔަވައިދިނުން ހަރުދަނާ ކުރުމަށް، ސްކޫލު ފެންވަރުގެ ޙަރަކާތްތައް ރަވާ ކުރިއަށް ގެންދިއުން
2.      އިސްކޫލުތަކުގައި ޝާމިލުކުރުން ކުރިއަށްދާ މިންވަރު ބެލުމަށް ބޭނުންވާ މިންގަނޑުތަކާއި މިންކުރާނެ ގޮތްތައް ކަނޑައެޅުން
3.     އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ  ދަރިވަރުންގެ ޙާލަތަށް ރިޢާޔަތްކޮށް ކަރިކިޔުލަމް އެޑަޕްޓޭޝަން ކުރިއަށްގެންދާނެގޮތް ކަނޑައެޅުން
4.     އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދަރިވަރުންނަށް ، ކީސްޓޭޖް ތަކުގައި އެސެސްމެންޓް ކުރިއަށްގެންދާއިރު ގެނެވޭނެ ބަދަލުތަކާއި، މިކުދިން ގައުމީފެންވެރުގެ އެސެސްމަންޓްތަކާއި އިމްތިހާނުތަކުގައި ބައިވެރިވާއިރު ގެނެވޭނެ ބަދަލުތައް ކަނޑައަޅައި މިކަމަށް ބޭނުންވާ މިންގަޑުތައް ތަރައްގީ ކުރުން
5.      އިސްކޫލުތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމުތައް ފާހަގަ ކުރުން
6.      އިސްކޫލުތަކުގެ ބޭނުންތަކަށް ރިޢާޔަތްކޮށް ތަމްރީނު ޕްރޮގްރާމުތައް ރާވާ، ހިންގާ، ގެންނަން ޖެހޭ ބަދަލުތައް ގެނައުން
7.      ޔުނިވާސަލް ޑިޒައިން ފޯ ލާނިންގ (ޔޫޑީއެލް)  އަދި ކޯ-ޓީޗިންގ މޮޑެލްގެ ތަމްރީނު ޕްރޮގްރާމުތައް އުފައްދައި ޓީޗަރުންނާއި ދާއިރާގެ އެހެނިހެން މީހުންނަށް ތަމްރީނު ދިނުން
8.      ޝާމިލުކުރުން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ޓީޗަރުންނާއި ސްކޫލުތަކުގެ ގާބިލުކަން އިތުރުކުރުމަށް ތަފާތު ޙަރަކާތްތައް ރާވާ ހިންގުން
9.      މޮނިޓަރިންގ ފްރޭމްވޯކް ފޯ އިންކްލޫސިވް އެޑިޔުކޭޝަން ބޭނުންކޮށްގެން އިސްކޫލުތަކުގައި ޝާމިލުކުރުން ކުރިއަށްދާގޮތް ބަލާ އެހީތެރިކަން ބޭނުންވާ އިސްކޫލުތަކަށް ތަފާތު ޕްރޮގްރާމުތައް ރާވާ ހިންގުން
10.  މަތީގައި ބަޔާންކޮށްފައިވާ 9 (ނުވައެއް) ނުކުތާގައިވާ ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އުސޫލުތަކާއި ސްޓޭނަޑަޑް އޮޕަރޭޝަނަލް ޕްރޮސީޖަސް (އެސްއޯޕީ) ތައްޔާރުކޮށް ތަރައްގީކުރުން

އެސެސްމެންޓް އެންޑް އިންޓަރވެންޝަން ސެކްޝަން

1.     އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދަރިވަރުން، ދެނެގަތުމަށް ބޭނުންވާ އާލާތްތައް ތަރައްޤީކުރުން
2.      އާރުޓީއައި މޮޑެލް ބޭނުންކޮށްގެން ދަރިވަރުން ގިންތިކޮށް، ޝާމިލުކޮށްގެން އުނގަންނާދޭނެ ގޮތްތައް ސްކޫލުތަކުގައި ތަރައްޤީކުރުން
3.      އައިއީޕީ ޕްރޮގްރާމްތަކުގައިވާ ގިންތިތަކަށް ދަރިވަރުން ހިމަނާނެ ގޮތުގެ މިންގަޑު ކަނޑައެޅުން 
4.   އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދަރިވަރުން، ޅަފަތުގައި ދެނެގަތުމަށް ބޭނުންވާ ސްކްރީން ކުރުމުގެ ޕްރޮގްރާމް ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް އަމާޒުކޮށް ހިންގުން
5.      އައިއީޕީ ޕްރޮގްރާމްތަކުގެ ތެރޭގައި ތިބޭ ދަރިވަރުންނަށް ބޭނުންވާ އިންޓަރވެންޝަންތައް ތަރައްގީ ކުރުމުގައި ސްކޫލުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން
6.      ދަރިވަރުންނަށް އެންމެ ރަނގަޅު ކިޔެވުމުގެ މަގުތައް (Learning Pathways) ޚިޔާރުކުރުމަށް ބޭނުންވާ އުސޫލުތައް ތައްޔާރުކޮށް ސްކޫލުތަކާއި ހިއްސާކުރުން
7.      އުނގެނުމުގައި އިތުރު އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދަރިވަރުންނަށް (Carrier Pathway) ޚިޔާރުކުރުމުގައި ގެންގުޅޭނެ އުސޫލުތައް ތައްޔާރު ކުރުމާއި އެ ޕްރޮގްރާމް ރާވާ ހިންގުން
8.  މަތީގައި ބަޔާންކޮށްފައިވާ 7 (ހަތެއް) ނުކުތާގައިވާ ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އުސޫލުތަކާއި ސްޓޭންޑަޑް އޮޕަރޭޝަނަލް ޕްރޮސީޖަސް (އެސްއޯޕީ) ތައްޔާރުކޮށް ތަރައްގީކުރުން

ކޭސްމެނޭޖްމަންޓް ސެކްޝަން

1.      ކޭސް މެނޭޖް ކުރާނެ ނިޒާމެއް އެކުލަވައިލުން
2.      ކޭސް ރިފަރެލް ނިޒާމެއް އެކުލަވައިލުން
3.      ކޭސް ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލެއް އެކުލަވައިލުން
4.      ސުކޫލު ތަކުގައި ރެޖިސްޓަރީކުރާ ވަކިވަކި ކޭސްތައް ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލެއް ކަނޑައެޅުން
5.      ސުކޫލު ތަކުގައި ރެޖިސްޓަރީކުރާ ކޭސްތައް ކުރިޔަށް ގެންދާ ގޮތްތައް ދެނެގަތުމަށް، ސްކޫލުތަކަށް ޒިޔާރަތްކުރާނެ އުސޫލަކާއި ކޭސް ކުރިއަށް ގެންދާ ނުގެންދާގޮތް ދެނެގަތުމުގައި ބަލާނެ މިންގަނޑުތަކެއް އެކުލަވައިލުން
6.      މީމިސް އަޕްލޯޑުކޮށް ބެލެހެއްޓުން
7.      މަތީގައި ބަޔާންކޮށްފައިވާ 6 (ހައެއް) ނުކުތާގައިވާ ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އުސޫލުތަކާއި ސްޓޭންޑަޑް އޮޕަރޭޝަނަލް ޕްރޮސީޖަސް (އެސްއޯޕީ) ތައްޔާރުކޮށް ތަރައްގީކުރުން