ޓީޗަރ ޓްރެއިނިންގ އޮން އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލް ތަމްރީނު ޕްރޮގްރާމްގެ މާލެ ސަރަޙައްދުގެ ސެޝަންތައް ކުރިއަށް ގެންގޮސްފި

ޓީޗަރ ޓްރެއިނިންގ އޮން އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލް ތަމްރީނު ޕްރޮގްރާމްގެ މާލެ ސަރަޙައްދުގެ ސެޝަންތައް ކުރިއަށް ގެންގޮސްފި

ޓީޗަރ ޓްރެއިނިންގ އޮން އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލް ތަމްރީނު ޕްރޮގްރާމްގެ މާލެ ސަރަޙައްދުގެ ސެޝަންތައް ކުރިއަށް ގެންގޮސްފިއެވެ. މިއީ 2019ވަނަ އަހަރުގެ ލޭމްޕް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދަން ފެށި އަރލީ އައިޑެންޓިފިކޭޝަން އެންޑް އިންޓަރވެންޝަންގެ މަސައްކަތްތަކުގެ ތެރެއިން އެކުލަވާލި ސްކްރީނިންގ ޓޫލަށް މާލެ ސަރަޙައްދުގައި ހުންނަ ޕްރީ ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ.

ތަމްރީނު ޕްރޮގްރާމް ފައްޓަވާ ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން – އާއިޝަތު ސަފޫރާއެވެ. އަދި މާލެ ސަރަޙައްދުގެ ތަމްރީނު ޕްރޮގްރާމް ނިންމާލި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް – އަޙްމަދު އާތިފްއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި، ސްކްރީނިންގ ޓޫލް ބޭނުންކުރާނެ ގޮތުގެ އިތުރުން، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދޭނެ ގޮތްތަކާއި، އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ އެކި ދަރިވަރުންގެ ކިބައިން ފެނިދާނެ ބައެއް ސިފަތައް ކިޔާ ދިނުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި، ތަޢުލީމު ފޯރުކޮށްދޭ ސްކޫލްތަކުގެ ތެރެއިން އިންކްލޫޝަން ބެސްޓް ޕްރެކްޓިސަސް ހުންނަ ސްކޫލްތަކުގެ އިންކްލޫޝަން ލީޑިން ޓީޗަރުންވަނީ އެސްކޫލްތަކުގެ ތަޖުރިބާވެސް ހިއްސާކޮށްފައެވެ.

މި ތަމްރީނު ޕްރޮގްރާމުގައި، މާލެ ސަރަޙައްދުގެ ޕްރީ ސްކޫލްތަކުން ޖުމްލަ 30 ޓީޗަރުންވަނީ ބައިވެރިވެފައެވެ. މި ތަމްރީނު ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވީ މިޑިޕާޓްމަންޓްގެ ޓެކްނިކަލް މުވައްޒަފުންގެ އިތުރުން އަރލީ އައިޑެންޓިފިކޭޝަންގެ ޓީއޯޓީ ހުރަވީ ސްކޫލްގެ ސެން ޓީޗަރ ޢާއިޝަތު ހަޝްމާއެވެ.

ޓީޗަރ ޓްރެއިނިންގ އޮން އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލް ތަމްރީނު ޕްރޮގްރާމް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ދެން މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޏ ފުވައްމުލައް ސިޓީގައެވެ.