‎ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ އައު ސިޔާސަތަށް އިންކްލޫސިވް ކޯޑިނޭޓަރުން އަހުލުވެރި ކުރުމުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ނިންމާލައިފި.

‎ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ އައު ސިޔާސަތަށް އިންކްލޫސިވް ކޯޑިނޭޓަރުން އަހުލުވެރި ކުރުމުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ނިންމާލައިފި.

މުރާޖާކޮށްފައިވާ، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދޭ އުސޫލަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ އިންކްލޫސިވް ކޯޑިނޭޓަރުން އަހުލުވެރިކުރުވުމަށް ބާއްވި އޮރިއެންޓޭޝަން ޕްރޮގްރާމް  ނިންމާލައިފިއެވެ.

3 ދުވަހަށް ކުރިއަށް ގެންދިޔަ މި އޮރިއެންޓޭޝަން ޕްރޮގްރާމްގައި ރާއްޖޭގެ އުތުރުން ދެކުނަށް ހއ އަތޮޅުން ސ އަތޮޅަށް ޖުމްލަ 214 ސްކޫލެއްގެ އިންކްލޫސިވް ކޯޑިނޭޓަރުންވަނީ ބައިވެރިވެފައެވެ.

މި އޮރިއެންޓޭޝަން ޕްރޮގްރާމްގައި، 2020 ވަނަ އަހަރު މުރާޖާކޮށްފައިވާ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ އުސޫލުގެ ޚުލާސާއެއް އިންކްލޫސިވް ކޯޑިނޭޓަރުންނާ ހިއްސާ ކުރިއެވެ.  އަދި އޭގެ އިތުރުން ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދާގޮތް  މޮނިޓަރ ކުރުމުގެ ފްރޭމްވަރކްގެ ޚުލާސާއެއްވެސް އިންކްލޫސިވް ކޯޑިނޭޓަރުންނާއި ވަނީ ހިއްސާ ކޮށްފައެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކޮވިޑް19ގެ މިހާލަތުގައި ދަރިވަރުންގެ އުނގަންނައި ދިނުން އިތުރަށް ފުރިހަމަކުރެވިދާނެ ގޮތްތަކުގެ މައުލޫމާތު ވަނީ ފޯރޮކޮށްދީފައެވެ. އަދި ދަރިވަރުންނަށް އެހީތެރިކަން ދިނުމުގައި މިހާރު ދިމާވާ ގޮންޖެހުންތައް ކުޑަކުރެވިދާނެ ގޮތްތަކުގެ މަޢުލޫމާތު ބައިވެރިންނަށް ހިއްސާކުރުމުގެ އިތުރުން، މިހާރު ދިމާވާ ގޮން ޖެހުންތަކާއި ބެހޭ ގޮތުން އިންކްލޫސިވް ކޯޑިނޭޓަރުންވަނީ ވާހަކަ ދައްކަވާފައެވެ.