ޝާމިލުކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުވުމަށް ސަރަހައްދީ ފެންވަރުގައި ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުންތައް ފަށައިފި

ޝާމިލުކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުވުމަށް ސަރަހައްދީ ފެންވަރުގައި ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުންތައް ފަށައިފި

މި ޑިޕާޓްމަންޓާއި ޔުނިސެފް އަދި ސްކޫލްތައް  ގުޅިގެން ކުރިއަށް ގެންދާ ޝާމިލުކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުވުމަށް ސަރަހައްދީ ފެންވަރުގައި ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުންތައް ފަށައިފިއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދަނީ ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލް އަދި ރާއްޖޭގެ ދެކުނުން ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގައެވެ. މި މަސައްކަތު ބައްދަލުވުންތަކުގައި ޖުމްލަ 80 ބައިވެރިން ރާއްޖޭގެ ދެ ސަރަހައްދުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

2 ދުވަހުގެ މުއްދަތައް ރައްޖޭގެ ދެސަރަހައްދުގައި މި ޕްރޮގްރާމް ކުރިއަށްގެންދާއިރު، އުތުރުގެ ސަރަހައްދުގައި މި މަސައްކަތު ބައްދަލުވުން ފެސިލިޓޭޓްކުރައްވަނީ މިޑިޕާޓްމަންޓްގެ ފަންނީ މުވައްޒަފުންގެ އިތުރުން މިޑިޕާޓްމަންޓްގެ ޓެކްނިކަލް ކޮމިޓީގެ ރައީސް އަދި ހުރަވީ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދާއި، ޢިމާދުއްދީން ސްކޫލްގެ ސެން ލީޑިންގ ޓީޗަރ ރަޙްމާ ޢީސާއާއި، އައްޑޫ ސިޓީ މަރަދޫ ސްކޫލްގެ ސެން ލީޑިންގ ޓީޗަރ ޢާއިޝަތު ލަބީގާއެވެ. ދެކުނުގެ ސަރަހައްދުގައި މި މަސައްކަތު ބައްދަލުވުން ފެސިލިޓޭޓްކުރައްވަނީ މިޑިޕާޓްމަންޓްގެ ފަންނީ މުވައްޒަފުންގެ އިތުރުން މުޙްޔިއްދީން ސްކޫލްގެ ޕްރިންސިޕަލް ނާޒިމާ އަލީ މަނިކް އަދި ސެން ލީޑިންގ ޓީޗަރ ފާތިމަތު ރާބިއާއެވެ.