'ފަހިވަށި - އިންކްލޫސިވް އެޑިއުކޭޝަން ޑޭޓާ މެނޭޖްމަންޓް ސިސްޓަމް'ގެ އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ސްކޫލުތަކުގެ އިންކްލޫސިވް އެޑިޔުކޭޝަންއާއި ގުޅޭ ކަންކަން އެއް ޕްލެޓްފޯމަކުން ބެލެހެއްޓުމަށްޓަކައި، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުން ތައްޔަރުކޮށްފައިވާ 'ފަހިވަށި - އިންކްލޫސިވް އެޑިއުކޭޝަން ޑޭޓާ މެނޭޖްމަންޓް ސިސްޓަމް' ޕޯޓަލްއަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތައުލީމު ފޯރުކޮށްދެމުންދާ ސަރުކާރު އަދި އަމިއްލަ ސްކޫލްތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެންނެވެ.
މި އޮރިއެންޓޭޝަން ސެޝަންތައް ނަންގަވާދެއްވީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ފަތުހުﷲ މުޙައްމަދުއެވެ.