ޙާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނާ ދިނުމަށް ބޭނުންކުރާ އިންޑިވިޖުއަލައިޒްޑް ކަރިކިއުލަމް ޕްލޭން އައިސީޕީއަށް ޓީޗަރުން އަހުލުވެރިކުރުވުމަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމް ނިންމާލައިފި

ޙާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނާ ދިނުމަށް ބޭނުންކުރާ އިންޑިވިޖުއަލައިޒްޑް ކަރިކިއުލަމް ޕްލޭން އައިސީޕީއަށް ޓީޗަރުން އަހުލުވެރިކުރުވުމަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމް ނިންމާލައިފި

ޙާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނާ ދިނުމަށް ބޭނުންކުރާ އިންޑިވިޖުއަލައިޒްޑް ކަރިކިއުލަމް ޕްލޭން އައިސީޕީއަށް ޓީޗަރުން އަހުލުވެރިކުރުވުމަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމް ނިންމާލައިފިއެވެ.

ހުސްވި މޭ މަހުގެ 30 ވަނަ ދުވަހު ފެށި މިތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ފައުންޑޭޝަން ސްޓޭޖް، ކީސްޓޭޖް 1، 2 އަދި ސްޕެޝަލް އެޑިއުކޭޓަރުން ވަނީ ބައިވެރިވެފައެވެ. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔަވާދޭ ޕްރައިވެޓް ސްކޫލްތަކުގެ ޓީޗަރުންނަށްވެސް މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ ކޭސް މެނޭޖްމަންޓް އެންޑް އިންޓަވެންޝަން ސެކްޝަނުގެ ފަންނީ މުވައްޒަފުންގެ އިތުރުން ރާއްޖޭގެ އެކި ސްކޫލްތަކުން ހޮވާލެވިފައިވާ ޓްރޭނަރުންނާއި ގުޅިގެންނެވެ.