ޝާމިލު އިސްވެރިންގެ މަހާސިންތާ: ޓްރާންސްފޯމޭޝަނަލް ލީޑަރޝިޕް ފޮ އިކުއިޓީ އެންޑް އިންކްލޫޝަންގެ ނަމުގައި އަތޮޅުތަކުގެ އިސްވެރިންނަށް މަހާސިންތާއެއް ކުރިއަށް ގެންގޮސްފި

ޝާމިލު އިސްވެރިންގެ މަހާސިންތާ: ޓްރާންސްފޯމޭޝަނަލް ލީޑަރޝިޕް ފޮ އިކުއިޓީ އެންޑް އިންކްލޫޝަންގެ ނަމުގައި އަތޮޅުތަކުގެ އިސްވެރިންނަށް މަހާސިންތާއެއް ކުރިއަށް ގެންގޮސްފި

ޝާމިލު އިސްވެރިންގެ މަހާސިންތާ: ޓްރާންސްފޯމޭޝަނަލް ލީޑަރޝިޕް ފޮ އިކުއިޓީ އެންޑް އިންކްލޫޝަންގެ ނަމުގައި އަތޮޅުތަކުގެ އިސްވެރިންނަށް މަހާސިންތާއެއް ކުރިއަށް ގެންގޮސްފިއެވެ.

ފ. ނިލަންދޫގައި ކުރިއަށް ގެންދިޔަ މިމަހާސިންތާގައި މ އަދި ފ އަތޮޅުގެ އިސްވެރިންވަނީ ބައިވެރިވެލައްވާފައެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވާދިނުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކަށްވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން ޔުނިވަރސަލް ޑިޒައިން ފޯ ލަރނިން (ޔޫޑީއެލް) ފްރޭމްވޯކާ ބެހޭ ގޮތުންނާއި ޑިޕާޓްމަންޓްގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ފަހިވަށި ޕޯޓަލް އާއި ބެހޭ ގޮތުންވެސް ބައިވެރިންނަށް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

އޭގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ދަރިވަރުން ސްކޫލް ނިޒާމުގެ ތެރެއިން މުޖުތަމައުއަށް ނިކުންނައިރު، އެދަރިވަރުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ ޝާމިލު ރާސްތާ ބާރުވެރި ޒުވާނާ ކޮންސެޕްޓާއި ބެހޭ ގޮތުންވެސް ވަނީ ބައިވެރިންނަށް މައުލޫމާތު ދީފައެވެ.

 

މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން، މި މަހާސިންތާގައިވަނީ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވާދިނުމުގެ ސިޔާސަތުގެ އެއް އަމާޒުކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލާ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ގުޅިގެން މަސައްކަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއްވެސް ވަނީ މި މަހާސިންތާގެ ތެރެއިން އެކުލަވާލާފައެވެ.

 

މި މަހާސިންތާގެ ކީ ނޯޓް ސްޕީޗް ދެއްވީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ ހައްވާ ޒާހިރާއެވެ.