ޝާމިލު އިސްވާރުންގެ މަހާސިންތާ: ޓްރާންސްފޯމޭޝަނަލް ލީޑަރޝިޕް ފޮ އިކުއިޓީ އެންޑް އިންކްލޫޝަންގެ ނަމުގައި ނ އަތޮޅުގެ އިސްވެރިންނަށް މަހާސިންތާއެއް ކުރިއަށް ގެންގޮސްފި

ޝާމިލު އިސްވާރުންގެ މަހާސިންތާ: ޓްރާންސްފޯމޭޝަނަލް ލީޑަރޝިޕް ފޮ އިކުއިޓީ އެންޑް އިންކްލޫޝަންގެ ނަމުގައި ނ އަތޮޅުގެ އިސްވެރިންނަށް މަހާސިންތާއެއް ކުރިއަށް ގެންގޮސްފި

ޝާމިލު އިސްވާރުންގެ މަހާސިންތާ: ޓްރާންސްފޯމޭޝަނަލް ލީޑަރޝިޕް ފޮ އިކުއިޓީ އެންޑް އިންކްލޫޝަންގެ ނަމުގައި ނ އަތޮޅުގެ އިސްވެރިންނަށް މަހާސިންތާއެއް ކުރިއަށް ގެންގޮސްފިއެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިމަހާސިންތާގައި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވާދިނުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކަށްވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން ޔުނިވަރސަލް ޑިޒައިން ފޯ ލަރނިން (ޔޫޑީއެލް) ފްރޭމްވޯކާ ބެހޭ ގޮތުންނާއި ޑިޕާޓްމަންޓްގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ފަހިވަށި ޕޯޓަލް އާއި ބެހޭ ގޮތުންވެސް ބައިވެރިންނަށް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

އޭގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ދަރިވަރުން ސްކޫލް ނިޒާމުގެ ތެރެއިން މުޖުތަމައުއަށް ނިކުންނައިރު، އެދަރިވަރުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ ޝާމިލު ރާސްތާ ބާރުވެރި ޒުވާނާ ކޮންސެޕްޓާއި ބެހޭ ގޮތުންވެސް ވަނީ ބައިވެރިންނަށް މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާ ދިނުމުގެ ސަގާފަތެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގައި ހުރިހާ ފަރާތްތަކުގެ މަސައްކަތުގެ މުހިއްމު ކަމަށް އަލިއަޅުވާލާ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕެނަލް ޑިސްކަޝަންގައި،މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، އެންސްޕާއިންވެސް ވަނީ ބައިވެރިވެފައެވެ.

މި މަހާސިންތާގައި ކީނޯޓް ސްޕީޗް ދެއްވީ އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް މިޑިޕާޓްމަންޓާއި ގުޅިގެން ކުރައްވަމުން ގެންދަވާ ޑރ. ފާތިމަތު ނިޝާންއެވެ.