ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އިން އަމިއްލަ މޯލްޑިވްސަށް ކުރި ޒިޔާރާތް

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އިން އަމިއްލަ މޯލްޑިވްސަށް ކުރި ޒިޔާރާތް

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ޓެކްނިކަލް ޓީމުން ރާއްޖެ ފުރަތަމަ އެކްސެސިބިލިޓީ އެންޑް އިންކްލޫޝަން ރިސޯޓް ކަމަށްވާ އަމިއްލަ މޯލްޑިވްސްއަށް ޒިޔާރަތްކޮށްފިއެވެ.

މި ދަތުރުގެ މަޤްޞަދަކީ އިންކްލޫސިވިޓީ އާއި އެކްސެސިބިލިޓީ ކުރިއެރުވުމެވެ. މި ޒިޔާރަތަކީ އިންކްލޫސިވް ކޮމިއުނިޓީއެއް ބިނާކުރުމަށްޓަކައި އާ ވިސްނުންތަކެއް ހޯދުމުގެ ފުރުސަތެކެވެ.

އަމިއްލަ މޯލްޑިވްސް ރިސޯޓްސް އެންޑް ރެސިޑެންސަސްގެ ދައުވަތަކަށް ކުރިމި ޒިޔާރާތުގައި، ޑިޕާޓްމަންޓުގެ ޓެކްނިކަލް ޓީމުން ވަނީ ރިސޯޓުގެ އެކްސެސިބަލް ވަސީލަތްތަކާއި ހިދުމަތްތައް ގާތުން ބަލާ، ރިސޯޓްގެ މުވައްޒަފުންނާއެކު ރާއްޖޭގައި ޝާމިލުކުރަނިވި މާހައުލެއް ގާއިމުކުރާނެ ގޮތްތަކާއި ބެހޭގޮތުން ހިޔާލު ހޯދާ މަޝްވަރާކޮށްފައެވެ. އަދި ޑިޕާޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިޒިޔާރާތުގައި އެރިސޯޓްގައި ހުންނަ ކުޑަކުދިންނަށް ހާއްސަ ސެންސަރީ ރޫމްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އެކި އެކި ހިދުމަތްތައް ފޯރުކޮށްދޭ ސެންޓަރުތަކުގެ ޓުއަރއެއްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފުރުސަތު ޑިޕާޓްމަންޓްގެ ޓެކްނިކަލް ޓީމަށް ދެއްވީތީ، ޑިޕާޓްމަންޓްގެ ނަމުގައި އަމިއްލަ މޯލްޑިވްސް ރިސޯޓްސް އެންޑް ރެސިޑެންސަސްގެ މެނޭޖްމަންޓަށް ޝުކުރު ދަންނަވަމެވެ.