ޝާމިލު އިސްވެރިންގެ މަހާސިންތާ: ޓްރާންސްފޯމޭޝަނަލް ލީޑަރޝިޕް ފޮ އިކުއިޓީ އެންޑް އިންކްލޫޝަންގެ ނަމުގައި ލ އަތޮޅުގެ އިސްވެރިންނަށް މަހާސިންތާއެއް ކުރިއަށް ގެންގޮސްފި
Error: You will not be able to do the read-along audio because your browser is not able to play MP3 audio formats.
(It seems your browser does not support HTMLMediaElement.playbackRate
, so you will not be able to change the speech rate.)
ޓްރާންސްފޯމޭޝަނަލް ލީޑާޝިޕް ފޯ އިކުއިޓީ އެންޑް އިންކްލޫޝަންގެ ނަމުގައި ލ. އަތޮޅުގައި މަހާސިންތާއެއް ބާއްވައިފި އެވެ. މިއީ ޔުނިސެފް މޯލްޑިވްސްއާ ގުޅިގެން އެ ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މަހާސިންތާ ސިލްސިލާގެ ދަށުން ކުރިއަށް ގެންދިޔަ މަހާސިންތާއެކެވެ.
މިމަހުގެ 28 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ލ.ފޮނަދޫގައި ކުރިއަށްގެންދިޔަ ތިން ދުވަހުގެ މަހާސިންތާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމީ މުއައްސަސާތަކާއި މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މަހާސިންތާއެކެވެ. މިއީ މިއަހަރު މިސިލްސިލާގެ ދަށުން ބޭއްވި ދެވަނަ މަހާސިންތާއެވެ. ތިންވަނަ މަހާސިންތާއެއް އޮކްޓޫބަރު މަހު ށ އަތޮޅުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސްކޫލްތަކާއި މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޝާމިލުކުރުން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މި މަހާސިންތާގައި ލ އަތޮޅު ސަރަޙައްދުގެ އެކި ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި އިންކްލޫސިވިޓީ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް، ސްޓްރެޓެޖީ އެކުލަވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.
މި މަހާސިންތާގައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ސްކޫލްތަކުގެ އިސްވެރިންނާއި ޤައުމީ ދިފާއީ ބާރުންނާއި މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއި ސްކޫލްތަކާއި އެންޖީއޯތަކާއި އެހެނިހެން ހިދުމަތްދޭ ފަރާތްތައް ހިމެނޭ ގޮތަށް މުޖުތަމައުގެ އެކި ދާއިރާތައް ތަމްސީލްކުރާ 50 ބައިވެރިން ބައިވެރިވެފައިވެއެވެ.
މި މަހާސިންތާގައި ކީނޯޓް ސްޕީޗްތަކާއި ވޯކްޝޮޕްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި މަސައްކަތު ބައްދަލުވުން ތަކުގެ އެންމެ ބޮޑު އެއް މަގްސަދަކީ އިންކްލޫސިވް އެޑިއުކޭޝަން ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކްރޮސް ސެކްޓާ ކޯލަބްރޭޝަން އާއި ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމެވެ. މީގެ އިތުރުން މުޖުތަމަޢުގެ ތެރޭގައި އިންކްލޫސިވް އެޑިއުކޭޝަނަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ، ހުރިހާ ދާއިރާއަކުންވެސް ޙަރަކާތްތެރިވުމަށް ބާރުއެޅުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާ ބެހޭގޮތުން ވެސް ބައިވެރިންވަނީ އަލި އަޅުވާލާފައެވެ.