ޝާމިލު އިސްވާރުންގެ މަހާސިންތާ: ޓްރާންސްފޯމޭޝަނަލް ލީޑަރޝިޕް ފޮ އިކުއިޓީ އެންޑް އިންކްލޫޝަންގެ ނަމުގައި ހދ އަތޮޅުގެ އިސްވެރިންނަށް މަހާސިންތާއެއް ކުރިއަށް ގެންގޮސްފި

ޝާމިލު އިސްވާރުންގެ މަހާސިންތާ: ޓްރާންސްފޯމޭޝަނަލް ލީޑަރޝިޕް ފޮ އިކުއިޓީ އެންޑް އިންކްލޫޝަންގެ ނަމުގައި ހދ އަތޮޅުގެ އިސްވެރިންނަށް މަހާސިންތާއެއް ކުރިއަށް ގެންގޮސްފި

ޝާމިލު އިސްވާރުންގެ މަހާސިންތާ: ޓްރާންސްފޯމޭޝަނަލް ލީޑަރޝިޕް ފޮ އިކުއިޓީ އެންޑް އިންކްލޫޝަންގެ ނަމުގައި ހދ އަތޮޅުގެ އިސްވެރިންނަށް މަހާސިންތާއެއް ކުރިއަށް ގެންގޮސްފިއެވެ.

ހދ އަތޮޅުގެ އެކި ރަށްތައް ހިމެނޭހެން ޖުމްލަ 48 ފަރާތަކުން މި މަހާސިންތާގައިވަނީ ބައިވެރިވެފައެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިމަހާސިންތާގައި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވާދިނުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކަށްވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން ޔުނިވަރސަލް ޑިޒައިން ފޯ ލަރނިން (ޔޫޑީއެލް) ފްރޭމްވޯކާ ބެހޭ ގޮތުންނާއި ޑިޕާޓްމަންޓްގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ފަހިވަށި ޕޯޓަލް އާއި ބެހޭ ގޮތުންވެސް ބައިވެރިންނަށް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

އޭގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ދަރިވަރުން ސްކޫލް ނިޒާމުގެ ތެރެއިން މުޖުތަމައުއަށް ނިކުންނައިރު، އެދަރިވަރުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ ޝާމިލު ރާސްތާ ބާރުވެރި ޒުވާނާ ކޮންސެޕްޓާއި ބެހޭ ގޮތުންވެސް ވަނީ ބައިވެރިންނަށް މައުލޫމާތު ދީފައެވެ.

 

މީގެ އިތުރުން ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާ ދިނުމުގެ ސަގާފަތެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގައި ހުރިހާ ފަރާތްތަކުގެ މަސައްކަތުގެ މުހިއްމު ކަމަށް އަލިއަޅުވާލާ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ގުޅިގެން ކުރިވެދާނެ މަސައްކަތްތަކުގެ ސްޓްރެޓިޖިކް ޕްލޭންނެއްވެސް ވަނީ މި މަހާސިންތާގެ ތެރެއިން އެކުލަވާފައެވެ.

މި މަހާސިންތާގައި ކީނޯޓް ސްޕީޗް ދެއްވީ ޑިސްއެބިލިޓީ ކައުންސިލްގެ ރައީސާ ހައްވާ ޒާހިރާއެވެ. ހައްވާ ޒާހިރާ އަކީ އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.