ތައިބަ އިނިޝިއޭޓިވްގެ ދަށުން ދިވެހި ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ތައިބަ އިނިޝިއޭޓިވްގެ ދަށުން ދިވެހި ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ތައިބަ އިނިޝިއޭޓިވްގެ ދަށުން މުދައްރިސުންނާއި ސްކޫލްތަކުގެ ކަމާގުޅޭ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ދިވެހި ދިވެހި ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އެންމެ އެކަށޭނަ ތަޢުލީމީ މާޙައުލެއް ޤާއިމުކޮށްދިނުމަށާއި، އެ ދަރިވަރުންނާ ފަސޭހަކަމާއެކު މުޢާމަލާތުކުރެވޭނެ ފަދަ ޢަމަލީ ހުނަރުތައް މުދައްރިސުންނާއި ސްކޫލް މުވައްޒަފުންނަށް އުނގަންނައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްދެއްވީ ކޮންސަލްޓަންޓް މަރިޔަމް ފަޒްނީއެވެ.

މި ޕްރޮގްރާމް އެކަޑަމިކްދާއިރާގެ 116 މުވައްޒަފުންނާއި، އެޑްމިނިސްޓްރޭޓިވް ދާއިރާގެ 67 މުވައްޒަފުން ހިމެނޭހެން ޖުމްލަ 183 ބައިވެރިން ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.