ކޮލިޓީ ޓީޗަރޒް ފޮ އިންކްލޫޝަން މީނިންގފުލް ޤުރުއާން ލަރނިންގ ފޮ ސްޓޫޑެންޓްސް ވިތު ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލްސް:ޕްރެކްޓިކަލް ސްޓެރެޓެޖީޒް ފޮ ސެން ޓީޗަރޒް' ތަމްރީނު ޕްރޮގްރާމް ނިންމާލައިފި.

ކޮލިޓީ ޓީޗަރޒް ފޮ އިންކްލޫޝަން މީނިންގފުލް ޤުރުއާން ލަރނިންގ ފޮ ސްޓޫޑެންޓްސް ވިތު ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލްސް:ޕްރެކްޓިކަލް ސްޓެރެޓެޖީޒް ފޮ ސެން ޓީޗަރޒް' ތަމްރީނު ޕްރޮގްރާމް ނިންމާލައިފި.

މާލެ ސިޓީގެ ސްކޫލްތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ (ސެން) ދަރިވަރުންނަށް ކިޔަވައިދެއްވާ މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޚާއްޞަ ތަމްރީނު ޕްރޮގުރާމް 'ކޮލިޓީ ޓީޗަރޒް ފޮ އިންކްލޫޝަން މީނިންގފުލް ޤުރުއާން ލަރނިންގ ފޮ ސްޓޫޑެންޓްސް ވިތު ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލްސް:ޕްރެކްޓިކަލް ސްޓެރެޓެޖީޒް ފޮ ސެން ޓީޗަރޒް'  ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގުރާމުގައި މާލޭގެ އެކި ސްކޫލްތަކުން 35 އަށްވުރެ ގިނަ މުދައްރިސުން ބައިވެރިވިއެވެ.

މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ، އުނގެނުމުގައި ތަފާތު ގޮންޖެހުންތައް ހުންނަ ދަރިވަރުންގެ ފަރުދީ ޤާބިލުކަމަށް ރިޢާޔަތްކޮށް، އެ ކުދިންނަށް ފަސޭހައިން އަދި ޝައުޤުވެރިކަމާއެކު ކީރިތި ޤުރްއާން އުނގެނޭނެ މަގު ފަހިކޮށްދިނުމަށް ބޭނުންވާ ޢިލްމާއި ޢަމަލީ ހުނަރު މުދައްރިސުންނަށް ފޯރުކޮށްދިނުމެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި، ދަރިވަރުންގެ ފެންވަރާ ގުޅޭގޮތަށް އުނގެނުމުގެ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ވާހަކަދެއްކުމުގައި ދަތިތައް ހުންނަ ކުދިންނަށް ޤުރްއާން ކިޔަވައިދިނުމުގައި ގެންގުޅޭނެ އުކުޅުތަކުގެ އިތުރުން، ޤުރްއާން އުނގަންނައިދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ.

މި ތަމްރީނު ޕްރޮގުރާމަކީ، އެއްވެސް ކުއްޖަކު ބާކީނުކޮށް، ކޮންމެ ދަރިވަރަކަށްވެސް ކީރިތި ޤުރްއާނާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި މުދައްރިސުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.