ތައިބަ އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ ކެޕޭސިޓީ ބިލްޑިން އޮފް ޓީޗާސް ފޯ ސްކިލްސް ބޭސްޑް ޕްރޮގްރާމްސް ތްރޫ ނެޝަނަލް ޓްރޭޑް ޓެސްޓިން ސެޓިފިކޭޝަންގެ ފުރަތަމަ ބެޗުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ތައިބަ އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ ކެޕޭސިޓީ ބިލްޑިން އޮފް ޓީޗާސް ފޯ ސްކިލްސް ބޭސްޑް ޕްރޮގްރާމްސް ތްރޫ ނެޝަނަލް ޓްރޭޑް ޓެސްޓިން ސެޓިފިކޭޝަންގެ ފުރަތަމަ ބެޗުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ތައިބަ އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ ކެޕޭސިޓީ ބިލްޑިން އޮފް ޓީޗާސް ފޯ ސްކިލްސް ބޭސްޑް ޕްރޮގްރާމްސް ތްރޫ ނެޝަނަލް ޓްރޭޑް ޓެސްޓިން ސެޓިފިކޭޝަންގެ ފުރަތަމަ ބެޗުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލޯންޗްކުރި މި ކުރިއަށް ގެންގޮސްފައިވަނީ، ޕޮލީޓެކްނިކްއާއި ގުޅިގެންނެވެ. އެއް ހަފްތާގެ މިތަމްރީން ޕްރޮގްރާމްއަކާއިއެކު މޯލްޑިސް ސްކްލިސް ޑެވެލޮޕްމަންޓް އޮތޯރިޓީގެ ނެޝަނަލް ޓްރޭޑް ޓެސްޓިން ވަނީ ކުރިއަށްގެންގޮސްފައެވެ. 

މި ޕްރޮގްރާމުގައި 24 ސްކޫލަކުން 29 މުދައްރިސުން، އެންޓީޓީސީގެ ތެރެއިން6 ދާއިރާއަކުން ނެޝަނަލް ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ. އޭގެ ތެރޭގައި، ފެޝަން ޑިޒައިން އެންޑް ސީވިން ޓެކްނިކްސް 13 މުދައްރިސުން، ޕޭސްޓްރީ އެންޑް ބޭކަރީ އިން 7 މުދައްރިސުން، ކޭކް ޑެކަރޭޝަން އިން 5 މުދައްރިސުން، އިލެކްޓްރިކަލް އިންސްޓޯލޭޝަން އެންޑް މެއިންޓަނެންސް އިން 2 މުދައްރިސުން، އާރޓް ސްކިލްގައި 1 މުދައްރިސުން އަދި ފޮޓޯގްރަފީއިން 1 މުދައްރިސަކުވަނީ ސެޓިފައިވެފައެވެ.

މި ޕްރޮގްރާމަކީ ތައިބަ ޕްރޮޖެކްޓްގެ ދަށުން ގްލޯބަލް ޕާޓްނަރޝިޕް ފޯ އެޑިޔުކޭޝަން އިން ފަންޑުކޮށް، ޔުނިސެފް މޯލްޑިވްސް ގްރާންޓް އޭޖެންޓެއްގެ ގޮތުގައި ކުރިއަށް ގެންދާ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓްގެ ތަމްރީން ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގެ އަމާޒަކީ އުނގެނުމުގައި ޙާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށް ސްކޫލްތަކުގައި ކުރިއަށްގެންދާ ވޮކޭޝަނަލް ޕްރޮގްރާމްތަކުގައި އުނގަންނައިދިނުމަށް މުދައްރިސުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމެވެ.