ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކުރިއަށް ގެންދިޔަ މެއިންސްޓްރީމް ޓީޗަރ ޓްރެއިނިންގ ތަމްރީނު ޕްރޮގްރާމް މިއަދު ނިންމާލައިފި

ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކުރިއަށް ގެންދިޔަ މެއިންސްޓްރީމް ޓީޗަރ ޓްރެއިނިންގ ތަމްރީނު ޕްރޮގްރާމް މިއަދު ނިންމާލައިފި

ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކުރިއަށް ގެންދިޔަ މެއިންސްޓްރީމް ޓީޗަރ ޓްރެއިނިންގ ތަމްރީނު ޕްރޮގްރާމް މިއަދު ނިންމާލައިފިއެވެ.

މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނިންމުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ތައުލީމީ ވުޒާރާގެ ޕަރމަނެންޓް ސެކްރެޓަރީ އަހްމަދު އަލީއެވެ

ހަފްލާގެ ބައިވެރިންނާއި މުހާތަބުކުރައްވާ، ޕަރމަނެންޓް ސެކްރެޓަރީ އަހްމަދު އަލީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިހާރުކުރިމަތިވެފައިވާ ކޮވިޑްގެ ހާލަތުގައި އޮންލައިންކޮށް ތައުލީމު ފޯރުކޮށްދެމުން އަންނަ އިރުވެސް، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދެވޭކަމަށެވެ. އަދި އެއީ މިފަދަ ތަމްރީނުތަކުގެ ރަނގަޅު ނަތީޖާކަމަށްވެސް ޕަރމަނެންޓް ސެކްރެޓަރީ އަހްމަދު އަލީގެ ވާހަކަފުޅުގައިވަނީ އިޝާރާތްކުރައްވާފައެވެ.

ރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖް، ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 އަށް ކިޔަވައިދެއްވާ ޓީޗަރުންނާއި ލީޑިންގ ޓީޗަރުންނަށް އަމާޒުކޮށް ހިންގި މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް، ޖުމުލަ 66 ސްކޫލަކުން 200 ޓީޗަރުން ވަނީ ބައިވެރިވެފައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވަނީ، ސ. އަތޮޅު މަރަދޫ ސްކޫލްގެ ލީޑިންގ ޓީޗަރ އައިޝަތު ލަގީބާ، އަމީނިއްޔާ ސްކޫލްގެ ލީޑިންގ ޓީޗަރ މަރްޔަމް ޝަތުރަތު ޝާކިރު، އަދި ޅ އަތޮޅު ތައުލީމީ މަރުކަޒުގެ ސެން ޓީޗަރ ޝަރަފިއްޔާ އަލިފުޅުއެވެ.

2 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި، ބައިވެރިންނަށް ތަމްރީނު ފޯރުކޮށްދީފައިވަނީ 4 ގްރޫޕަކަށް ބައިވެރިން ބަހާލައިގެން، ކޮންމެ ގްރޫޕަކަށް 2 ދުވަހުގެ ތަމްރީނު ފޯރުކޮށްދީގެންނެވެ. ކޮންމެ ގްރޫޕަކަށް ކުރިއަށް ގެންދިޔަ 2 ދުވަހުގެ ތަމްރީނުގެ ތެރެއިން  މަޢުލޫމާތު ޙިއްސާ ކޮށްފައިވަނީ އޯޓިޒަމް އަދި ލާރނިންގ ޑިފިކަލްޓީ ހުންނަ ކުދިން ދެނެގަންނާނެގޮތާއި، މެއިންސްޓްރީމު ކުލާހެއްގައި އެކުދިންނަށް ކިޔަވައިދިނުމުގައި ބޭނުންކުރާނެ ތަފާތު އުކުޅުތަކެވެ.