އޯޓިޒަމް އަވެއަރނެސް ޓްރެއިނިންގ ވޯރކްޝޮޕް

އޯޓިޒަމް އަވެއަރނެސް ޓްރެއިނިންގ ވޯރކްޝޮޕް

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

އޯޓިޒަމް އަވެއަރނެސް ޓްރެއިނިންގ ވޯރކްޝޮޕް

އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސްކޫލުތަކުގައި މަސައްކަތްކުރައްވާ މި ދާއިރާގެ ޓީޗަރުންގެ މަޢުލޫމާތާއި ހުނަރު ތަރައްޤީ ކުރުމަށް 3 ދުވަހުގެ މަސައްކަތު ބައްދަލުވުންތަކެއް ސެޕްޓެމްބަރ 2 އިން 4 އަށް ވަނީ ރޭވިފައެވެ. މިގޮތުން މާލޭސިޓީ ސަރައްދުގެ 31 ޓީޗަރުންނަށް ބާއްވާ މަސައްކަތު ބައްދަލުވުން 2 ސެޕްޓެމްބަރ ގައި ހިރިޔާ ސްކޫލުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ 40 ޓީޗަރުންނަށް ބާއްވާ މަސައްކަތު ބައްދަލުވުން 3 ސެޕްޓެމްބަރ ގައި އައްޑޫ ޝަރަފުއްދީން ސްކޫލުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން އައްޑޫ ސިޓީގައި ބާއްވާ އިންޓަނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައިވެސް މަސައްކަތު ބައްދަލުވުމެއް ބާއްވާގޮތައްވަނީ ހަމަޖެހިފައިވެއެވެ.  

މި މަސައްކަތު ބައްދަލުވުން ތަކުގައި އޯޓިޒަމް ހުންނަ ކުދިންގެ ތަފާތު ހުނަރު ތަރައްޤީ ކުރެވިދާނެ ގޮތްތަކާއި އާލީ އިންޓަވެންޝަން ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތާއި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ވިސްނުމާއި މުޢާމަލާތް ކުރުމުގެ ހުނަރު ތަރައްޤީ ކުރާނެ ގޮތްތަކާއި ކްލާސް ރޫމުގައި ދަރިވަރުންގެ ޢަމަލުތައް ރަނގަޅުގޮތުގައި ބަލަހައްޓާނެ ގޮތުގެ މަޢުލޫމާތު ޓީޗަރުންނާއި ހިއްސާ ކުރެވިގެން ދާނެއެވެ.  

 

 

ޝުކުރިއްޔާ

1 ސެޕްޓެމްބަރ 2019

--------------------------------------------------

ފޯކަލް ޕޮއިންޓް: އަހްމަދު އާތިފް، ޑިރެކްޓަރ ޖެނެރަލް، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން

ގުޅޭނެ ނަމްބަރ: 7922788