ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމީ ބައްދަލުވުން ބާއްވައިފި

ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމީ ބައްދަލުވުން ބާއްވައިފި

ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމީ ބައްދަލުވުން ބާއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި އަމީނިއްޔާ ސްކޫލާއި ގުޅިގެން ބޭއްވި މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އާއިޝަތު އަލީއެވެ. މިނިސްޓަރގެ އިތުރުން މިޑިޕާޓްމަންޓްގެ ފަންނީ މުވައްޒަފުންވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ. މީގެ އިތުރުން އަމީނިއްޔާ ސްކޫލްގެ ސީނިއަރ މެނޭޖްމަންޓާއި އެސްކޫލްގެ ބައެއް ޓީޗަރުންނާއި އެސްކޫލްގެ އިންކްލޫސިވް އެޑިޔުކޭޝަން ޔުނިޓް – ޑްރީމްގެ ދަރިވަރުންނާއި ބެލެނިވެރިންވަނީ ބައިވެރިވެފައެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން  ބޭއްވި މި ހާއްސަ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އާއިޝަތު އަލީ ވަނީ، އަމީނިއްޔާ ސްކޫލްގެ ޑްރީމް ކިލާހުގެ ދަރިވަރުންގެ ވަނަވަރުތައް ހިމެނޭ ފޮތް 'އަހަރެންގެ ވަނަވަރު' ނެރެދެއްވާފައެވެ.

ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ބައިނަލްއަގްވާމީ ފެންވަރުގައި އދ އިން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިދުވަހުގެ މިއަހަރުގެ ޝިއާރަކީ 'ވަޒީފާގެ މައިދާނުގައި އެންމެނަށް ޝާމިލުވުމުގެ ފަހި ފުރުސަތުތައް :  ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތައްފަހު ކުރަމަތިވާނެ ގޮންޖެހުން ތަކާއި ލިބޭނެ ފުރުސަތުތައް' އެވެ.