ތައިލެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީން ކުރިއަށް ގެންދާ ކެޕޭސިޓީ ބިލްޑިންގ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ތައިލެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީން ކުރިއަށް ގެންދާ ކެޕޭސިޓީ ބިލްޑިންގ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ތައިލެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީން ކުރިއަށް ގެންދާ ކެޕޭސިޓީ ބިލްޑިންގ ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މިއީ ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަންނީ ޓީމާއި، ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިންނާއި އެކު ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

2 ގްރޫޕަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ކޮންމެ ގްރޫޕަކަށްވެސް ތަމްރީނު ފޯރުކޮށްދޭނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މިތަމްރީނު ޕްރޮގްރާމްގައި އޯޓިސްޓިޒަމް އާއި ތަފާތު ލަރނިންގ ޑިސްއޭބިލިޓީތައް ދެނެގަންނާނެ ގޮތާއި، އޯޓިސްޓިކް ދަރިވަރުންނާއި ލަރނިން ޑިސްއޭބިލިޓީ ހުންނަ ދަރިވަރުންނަށް ކިޔަވާދިނުމުގައި އެދަރިވަރުންވެސް ޝާމިލުކޮށްގެން ކިޔަވާދޭނެ މައިގަނޑު ގޮތްތަކާއި މޮޑެލްތައް ބައިވެރިންނާއި ހިއްސާކުރާނެއެވެ. އަދި މިފަދަ ދަރިވަރުންނަށް ކިޔަވާދިނުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، އެކުދިން އެސެސްކުރާނެ ގޮތުގެ މައުލުމާތުވެސް ބައިވެރިންނާއި ހިއްސާކުރުމާއި ޝާމިލުވެއްޓެއްގައި ސްކޫލްތަކުގައި ޓީޗަރުންގެ މަސައްކަތް ބަލަހައްޓާނެގޮތްތައްވެސް މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނާއި ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރު ދިވެހިރާއްޖެ އާއި ތައިލެންޑުގައި ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާ ދިނުމުގެ ސިޔާސަތު އިތުރަށް ތަރައްގީ ކުރުމަށް ހިޔާލު ބަދަލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނާއި މައުލޫމާތު ހިއްސާ ކުރަނީ ތައިލެންޑްގެ ސްރިނަކަރިންވިރަޓް ޔުނިވަރސިޓީ (އެސް.ޑަބްލިޔު.ޔޫ) ގެ ޕްރޮފެސަރުންނާއި އޭޝިއާ ޕެސިފިކް ޑެވެލޮޕްމެންޓް ސެންޓަރ އޮން ޑިސްއެބިލިޓީ (އޭ.ޕީ.ސީ.ޑީ) ގެ އޮފިޝަލުންނެވެ.