2021 – 2022އަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

2021 – 2022އަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

2021 – 2022އަށް އެކުލަވާލި އައު ޓެކްނިކަލް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އަލަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ މެމްބަރުންގެ އިތުރުން މިޑިޕާޓްމެންޓްގެ ފަންނީ ޓީމުގެ ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.

ޙާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އުންގަނާއި ދިނުމުގެ ކަންކަން ރާވާ ހިނގުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި، ޝާމިލުކުރުމުގެ ރޮނގުން ތަޢުލީމީ ދާއިރާއަށް ދޭންޖެހޭ ޚިދުމަތްތައް އެކަށީގެންވާ ފެންވަރެއްގައި ދެވޭކަން ކަށަވަރު ކުރުމާއި މިޑިޕާޓްމެންޓް ކުރިއަރުވާ ތަރައްޤީ ކުރުމުގެ ގޮތުން ލަފަޔާ އިރުޝާދު ދިނުމުގެ ގޮތުން އެކުލަވާލައިވާ މި ޓެކްނިކަލް ކޮމިޓީގައި ކުރިއަށް އޮތް 2 އަހަރަށް ތިއްބަވާނީ ޖުމްލަ 10 ބޭފުޅުންނެވެ. އެއީ

  1. އަބްދުﷲ އިމްރާން – ޑައިރެކްޓަރ ، ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން
  2. ޝިޔާމާ އަބޫބަކުރު – އެޑިޔުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ ކޯޑިނޭޓަރ ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
  3. ފާތިމަތު ލީނާ – ލީޑިންގ ޓީޗަރ ، ޢާޒީ ސްކޫލް
  4. ފަޒީނާ ރަޝީދު – އެޑިޔުކޭޝަން އޮފިސަރ ، ކޮލިޓީ އެސެސްމެންޓް ޑިޕާޓްމެންޓް
  5. އައިޝަތު ސިޔާނާ – އެސިސްޓެންޓް ޑައިރެކްޓަރ ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
  6. އަބްދުﷲ ރަޝީދު – ޕްރިންސިޕަލް ، ހުރަވީ ސްކޫލް
  7. ޑރ. ފާތިމަތު ނިޝާން – އެސިސްޓެންޓް ޕްރޮފެސަރ ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
  8. މުރުތަﷲ މުސާ – އެގްޒެކެޓިވް ކޮމިޓީ މެމްބަރ ، އާކް (އެން.ޖީ.އޯ)
  9. ޝިފާޒާ ވަޖީހް – ޑައިރެކްޓަރ ޖެނެރަލް ، އެންސްޕާ
  10. މުހައްމަދު ސައްދާމް – އެޑްވޮކޭޓް ، ބްލައިންޑް އެންޑް ވިޜުއަލީ އިމްޕަޔަރޑް ސޮސައިޓީ އޮފް މޯލްޑިވްސް