ޔުނިސެފްއިން އިސްނަގައިގެން އައިއީޕީ ހަދާކުދިންނަށް އަމާޒުކޮށް، ކޮވިޑް19 ގެހާލަތުގައި ގޭގައި ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ތަކެތި ފޯރުކޮށްދިނުން

ޔުނިސެފްއިން އިސްނަގައިގެން އައިއީޕީ ހަދާކުދިންނަށް އަމާޒުކޮށް، ކޮވިޑް19 ގެހާލަތުގައި ގޭގައި ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ތަކެތި ފޯރުކޮށްދިނުން

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް 19ގެ ސަބަބުން ދިވެހިރާއްޖޭގެ ތަޢުލީމތަޢުލީމީ ދާއިރާ ނެގެހެއްޓުމުގައި ޔުނިސެފުން އަންނަނީ ޑިޕާރޓްމަންޓްއާއި ގުޅިގެން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިވެ ދެއްވަމުންނެވެ.

ކޯވިޑް 19 އާ ގުޅިގެން ދިވެހިރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައި ވީނަމަވެސް ހުއްޓުމެއް ނެތި ތަޢުލީމު ފޯރުކޮށްދިނުމުގެ މަޤުސަދުގައި ޙާއްސަ އެހީތެރިކަމަށް ބޭނުންވާދަރިވަރުންގެ ތެރެއިން ސިވިއަރިޓީ އަށްބަލާ އެދަރިވަރުންނަށް ގޭގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހާއްސައާލާތްތައް ފޯރުކޮށްދިނުމަށްޓަކައި ޔުނިސިފުން ވަނީ އެހީތެރިކަން ފޯރުކޮށް ދެއްވާފައެވެ. މިގޮތުން އެހީތެރިކަން ފޯރުކޮށްދެވިފައިވަނީ ދަރިވަރުންގެ އާބާދީގެ ނިސްބަތައްބަލާ މާލޭގެ ބޮޑުހަތަރު ސްކޫލަކަށެވެ.

ދިވެހިރާއްޖޭގެ ތަޢުލީމު ނިޒާމު ނެގެހެއްޓުމަށްޓަކައި އަދި އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މި ޙައްސާސީ ވަގުތުގައި ޔުނިސެފުގެ އެންމެހައި ވެރިން، ޚާއްޞަކޮށް ޔުނިސެފްގެ ދިވެހިރާއްޖޭގެ ގޮފީގެ ފަރާތުން ވެދެއްވާ އެހީތެރިކަމަކީ އަގުކުރުވޭ ވަރަށްވުރެ މާ މަތިވެރި އެހީތެރިކަމެކެވެ . އެހެންކަމުން ޔުނިސެފުގެ އެހީތެރިކަން ފާހަގަކޮށް މިޑިޕާޓްމަންޓްގެ ހުރިހާ މުވައްޒަފުންގެ ނަމުގައާއި ސްކޫލް ތަކުގެ ނަމުގައާއި ބެލެނިވެރިންގެ ނަމުގައި ޔުނިސެފަށް އިޚްލާސްތެރި ޝުކުރެއް އަދާކުރަމެވެ.