ކެއާރ ސޮސައިޓީ އާއި ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުން ބައްދަލު ކުރުން

ކެއާރ ސޮސައިޓީ އާއި ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުން ބައްދަލު ކުރުން

ދިވެހިރާއްޖޭގައި ޙާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދަރިވަރުންނަށް ޚިދުމަތް ފޯރުކޮށްދޭ ޖަމިއްޔާ ކެއާރ ސޮސައިޓީ އާއި އެކު ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުގެ ޓެކްނިކަލް ޓީމުން މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ކެއަރ ސޮސައިޓީގެ ސްޓްރެޓީޖިކް ޕްލޭނާއި ބެހޭގޮތުންނެވެ. މީގެ އިތުރުން، އެ ޖަމިއްޔާއަށް ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުގެ ފަރާތުން ފޯރުކޮށްދެވެނޭ ފަންނީ އެހީ އާއި ބެހޭ ގޮތުންވެސް ދެފަރާތުންވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި، މުސްތަގުބަލުގައި ، ކެއަރ ސޮސައިޓީ އާއި ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާއި ބެހޭ ގޮތުންވެސް މި މަޝްވަރާ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.