ސްކޫލް ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ލީޑަރޝިޕް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން" ތަމްރީނު ޕްރޮގްރާމް ފަށައިފި

ސްކޫލް ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ލީޑަރޝިޕް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން" ތަމްރީނު ޕްރޮގްރާމް ފަށައިފި

ސްކޫލް ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ލީޑަރޝިޕް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން ފޯ ސްކޫލް ޕްރިންސިޕަލްސް" ތަމްރީނު ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ މިޑިޕާޓްމަންޓްގެ ޕްރޮގްރާމްސް އެންޑް ޓްރެއިނިންގ ޔުނިޓާއި އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށް ގެންދާ 5 ހަފްތާގެ ތަމްރީނު ޕްރޮގްރާމެކެވެ.

"ލީޑަރޝިޕް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން" ތަމްރީނު ޕްރޮގްރާމްގައި އަލިއަޅުވާލާނެ ބައެއް ކަންކަމުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގައި އިންކްލޫޝަން ދެކޭ ގޮތްތަކާއި، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާދިނުމުގައި ސްކޫލް ލީޑަރުންގެ ފަރާތުން ލިބެންޖެހޭ އެހީތަކާއި، ޓީޗަރުންނާއި ބެލެނިވެރިންނާ އެކު ހަރުދަނާ މަސައްކަތްތަކެއްކޮށް އެދެވޭ ބަދަލެއް ސްކޫލް މާހައުލަށް ގެންނާނެ ގޮތްތައް ހިމެނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް ޖުމްލަ 30 ސްކޫލް ޕްރިންސިޕަލުން ބައިވެރިވާ މިތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދަނީ އޮންލައިންކޮށެވެ.