އިންކްލޫސިވް ޑިޖިޓަލް ހަބް ސްކޫލްތަކަށް ޔުނިސެފްގެ ފަރާތުން ހަދިޔާ ކުރި ޑިޖިޓަލް ރިސޯސްތައް ހަވާލުކޮށްފި

އިންކްލޫސިވް ޑިޖިޓަލް ހަބް ސްކޫލްތަކަށް ޔުނިސެފްގެ ފަރާތުން ހަދިޔާ ކުރި ޑިޖިޓަލް ރިސޯސްތައް ހަވާލުކޮށްފި

އިންކްލޫސިވް ޑިޖިޓަލް ހަބް ސްކޫލްތަކަށް ޔުނިސެފްގެ ފަރާތުން ހަދިޔާ ކުރި ޑިޖިޓަލް ރިސޯސްތައް ހަވާލުކޮށްފިއެވެ.

އަމީނިއްޔާ ސްކޫލްގައި އޮތް ރަސްމިއްޔާތުގައި، އިންކްލޫސިވް ޑިޖިޓަލް ހަބް ސްކޫލްތައް ކަމަށްވާ އަމީނިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލަށް ވަނީ ޑިޖިޓަލް ރިސޯސްތައް ހަވާލުކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ތައުލީމު އުނގެނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ އިންކްލޫސިވް ޑިޖިޓަލް ހަބް ސްކޫލްތަކުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެއެވެ.

އެގޮތުން އިންކްލޫސިވް ޑިޖިޓަލް ހަބް ސްކޫލްތަކުން ރާއްޖޭގެ އެހެން ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާނެ ފަންނީ އެހީ ފޯރުކޮށްދިނުމާއި ވީޑިއޯ ބޭސްޑް ލަރނިން މެޓީރިއަލްތައް ފޯރުކޮށްދެމުން ގެންދާނެއެވެ.