'ޕްލޭނިންގ އެންޑް ވެލިޑޭޝަން ފޯ ނިއު އިންޓަރވެންޝަންސް ޓު މެއިންސްޓްރީމް އިންކްލޫސިވް ޕޮލިސީ'ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި

'ޕްލޭނިންގ އެންޑް ވެލިޑޭޝަން ފޯ ނިއު އިންޓަރވެންޝަންސް ޓު މެއިންސްޓްރީމް އިންކްލޫސިވް ޕޮލިސީ'ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި

'ޕްލޭނިންގ އެންޑް ވެލިޑޭޝަން ފޯ ނިއު އިންޓަރވެންޝަންސް ޓު މެއިންސްޓްރީމް އިންކްލޫސިވް ޕޮލިސީ'ގެ 2 ދުވަހުގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

ޔުނިސެފް މޯލްޑިވްސްގެ އެހީގެ ދަށުން ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މުރާޖާކޮށް އަލުން ޝާއިޢުކޮށްފައިވާ ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު 2021 އަށް ބައިވެރިން އަހުލުވެރިކުރުވުމާއި، ކުރިއަށް އޮތްތަނުގައި މި ސިޔާސަތުގެ ދަށުން އަންނާނެ ބަދަލުތަކަށް އަހުލުވެރިކުރުވުމާއި، މުސްތަގްބަލުގައި ކުރެވިދާނެ ބައެއް ކަންކަމާއި ބެހޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ އިސްވެރިންނާއި ލީޑިންގ ޓީޗަރުންނާއި ޓީޗަރުންގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.