ޓްރެއިނިން އޮފް ޓްރައިނަރޒް އޮން ޔުނިވަރސަލް ޑިޒައިން ފޯ ލަރނިންގ ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

ޓްރެއިނިން އޮފް ޓްރައިނަރޒް އޮން ޔުނިވަރސަލް ޑިޒައިން ފޯ ލަރނިންގ ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

ޓްރެއިނިން އޮފް ޓްރައިނަރޒް އޮން ޔުނިވަރސަލް ޑިޒައިން ފޯ ލަރނިންގ ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދެވެ.

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނާއި، ޔުނިސެފް މޯލްޑިވްސް އަދި ކާސްޓް ގުޅިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ހުސްވި 2021 ވަނަ އަހަރުގެ އޮކްޓޯބަރުން ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

3 މަސްދުވަހުގެ މުއްދަތަށް، ޓްރެއިނިންގ އޮފް ޓްރެއިނާސް ތަމްރީނުކުރުމަށް ހިންގުނު މިޕްރޮގްރާމް، ކާސްޓްގެ ފަރާތުން ފަރުމާކޮށް ދެއްވައިފައިވަނީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވާނެ ކަންކަން ހިމަނައިގެންނެވެ. އެގޮތުން، ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި ބައެއް ހުރަސްތައް ނައްތާލުމާއި، ހުރިހާ ދަރިވަރުންނަށް ފަހި ތައުލީމީ ފްރޭމްވޯކެއް އޮތުމުގެ މުހިއްމުކަމާގުޅޭ ގޮތުން މި ތަމްރީނު ޕްރޮގްރާމްގައިވަނީ މަޢުލޫމާތު ދެއްވާފައެވެ.

 މިތަމްރީނު ޕްރޮގްރާމްގައި މިޑިޕާޓްމަންޓްގެ ފަންނީ ޓީމުގެ 3 ބޭފުޅެއްގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅަކުން ފަންނީ 1 ބޭފުޅަކު ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.