"ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އުންމީދީ ބަދަލެއް: ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމަށް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުން" ފަށައިފި

"ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އުންމީދީ ބަދަލެއް: ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމަށް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުން" ފަށައިފި

"ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އުންމީދީ ބަދަލެއް: ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމަށް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުން" މިއަދު ފަށައިފި އެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމަކީ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމަށް ޓީޗަރުން ތަމްރީނުކުރުމުގެ މުހިއްމަކަށް އަލިއަޅުވާލާ ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

 

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރުއެވެ. އަދި މި ރަސްމިއްޔާތުގައި ކީނޯޓް ސްޕީޗް ދެއްވީ ދާއިރާއިން ގިނަ ދިރާސާތަކެއް ކުރައްވާ ޑރ މަރިޔަމް ޝަރީފާއެވެ.

 

މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ އިސް ފަރާތްތަކާއި، ޓީޗަރުން، އަދި ކޮލެޖް ޔުނިވަރސިޓީތަކުގެ އޮފިޝަލުންވަނީ ބައިވެރިވެލައްވާނެއެވެ.