'ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ފޮ މޯލްޑިވްސް ސެން ޓީޗަރޒް'ގެ ނަމުގައި ސްރީލަންކާގެ ކޭއައިޔޫ ޔުނިވަރސިޓީގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

'ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ފޮ މޯލްޑިވްސް ސެން ޓީޗަރޒް'ގެ ނަމުގައި ސްރީލަންކާގެ ކޭއައިޔޫ ޔުނިވަރސިޓީގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

'ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ފޮ މޯލްޑިވްސް ސެން ޓީޗަރޒް'ގެ ނަމުގައި ސްރީލަންކާގެ ކޭއައިޔޫ ޔުނިވަރސިޓީގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމްގައި އަތޮޅުތެރޭގެ 23 ސްކޫލަކުން 38 އެޑިޔުކޭޓަރުންނާއި މިޑިޕާޓްމަންޓްގެ 2 އޮފިޝަލުންވަނީ ބައިވެރިވެފައެވެ. 

2026 ފެބުރުވަރީ 9 އިން 14 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޒަމާނީ އިލްމާއި އަމަލީ ހުނަރުތަކުގެ އެހީގައި، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ފަންނީ ގާބިލުކަން އިތުރު ކުރުމުގެ ގޮތުން އޯޓިޒަމް އަދި އޭޑީއެޗްޑީ ކުރީ ބައިގައި ދެނެގަނެ، ކްލާސްރޫމް މެނޭޖްމަންޓްގެ ގޮތްތައްވަނީ ކިޔާދީފައެވެ. މީގެ އިތުރުން ބެލެނިވެރިންނާއި ކަމާގުޅޭ މާހިރުންނާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކަށްވެސް މި ޕްރޮގްރާމްގައިވަނީ އަލިއަޅުވާލާފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން މުދައްރިސުންނަށް ލެކްޗަރތަކާއި މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން، ކްލިނިކަލް އަދި އިންކްލޫސިވް އެޑިއުކޭޝަން މަރުކަޒުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ.