ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ އެންމެ ފުރަތަމަ ތާނަ ބްރެއިލް ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ އެންމެ ފުރަތަމަ ތާނަ ބްރެއިލް ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގެ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ އެންމެ ފުރަތަމަ ތާނަ ބްރެއިލް ތަމްރީނު ޕްރޮގްރާމް 'ބްރެއިލް ޓްރެއިނިންގ ފޯ ޓީޗަރޒް' ނިންމާލައިފިއެވެ. މިތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރިސާޗް އެންޑް ކޮންސަލްޓެންސީ - ރެކޯ މޯލްޑިވްސްއާ ގުޅިގެންނެވެ.

މިތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަހްމަދު އަލީއެވެ.

މިތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ، ތާނަ ބްރައިލް އުފެއްދުމުގައި ހަރަކާތްތެރިވި އަލްޤާރީ އަޙްމަދު ރަޝީދުއެވެ.

ތާނާ ބްރައިލް އިން ލިޔަންކިޔަން ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ ނުވަ ދުވަހުގެ މި ޕްރޮގްރާމުގައި ބައިވެރިންނަށް އަމަލީގޮތުން ތާނަ ބްރެއިލް ބޭނުންކުރުމުގެ ފުރުސަތު ވަނީ ލިބިގެންގޮސްފައެވެ. މި ތަމްރީނުގައި ޝާމިލުވެށި ޕްރޮޖެކްޓްގެ ސްކޫލްތަކުގެ ޓީޗަރުންނާއި ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ ޓީޗަރުންގެ އިތުރުން ޑިޕާޓްމަންޓްގެ ފަންނީ މުވައްޒަފުން ހިމެނޭހެން ޖުމްލަ 24 ފަރާތެއްވަނީ ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައެވެ.