ޓީޗަރ ޓްރެއިނިންގ އޮން އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލް ތަމްރީނު ޕްރޮގްރާމްގެ އައްޑޫ ސިޓީގެ ސެޝަންތައް ކުރިއަށް ގެންގޮސްފި

ޓީޗަރ ޓްރެއިނިންގ އޮން އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލް ތަމްރީނު ޕްރޮގްރާމްގެ އައްޑޫ ސިޓީގެ ސެޝަންތައް ކުރިއަށް ގެންގޮސްފި

ޓީޗަރ ޓްރެއިނިންގ އޮން އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލް ތަމްރީނު ޕްރޮގްރާމްގެ އައްޑޫ ސިޓީގެ ސެޝަންތައް ކުރިއަށް ގެންގޮސްފިއެވެ. މިއީ 2019ވަނަ އަހަރުގެ ލޭމްޕް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދަން ފެށި އަރލީ އައިޑެންޓިފިކޭޝަން އެންޑް އިންޓަރވެންޝަންގެ މަސައްކަތްތަކުގެ ތެރެއިން އެކުލަވާލި ސްކްރީނިންގ ޓޫލަށް އައްޑޫ ސިޓީގެ ޕްރީ ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގައި ޖުމްލަ 49 ޓީޗަރުންވަނީ ބައިވެރިވެފައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި، ސްކްރީނިންގ ޓޫލް ބޭނުންކުރާނެ ގޮތުގެ އިތުރުން، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދޭނެ ގޮތްތަކާއި، އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ އެކި ދަރިވަރުންގެ ކިބައިން ފެނިދާނެ ބައެއް ސިފަތައް ކިޔާ ދިނުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓީޗަރ ޓްރެއިނިންގ އޮން އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލް ތަމްރީނު ޕްރޮގްރާމް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.