އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލަށް ޓީޗަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ކުޅުދުއްފުށި ސިޓީގެ ސެޝަންތައް ކުރިއަށް ގެންގޮސްފި

އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލަށް ޓީޗަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ކުޅުދުއްފުށި ސިޓީގެ ސެޝަންތައް ކުރިއަށް ގެންގޮސްފި

އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލަށް ޓީޗަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ކުޅުދުއްފުށި ސިޓީގެ ސެޝަންތައް ކުރިއަށް ގެންގޮސްފިއެވެ. މިއީ 2019ވަނަ އަހަރުގެ ލޭމްޕް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދަން ފެށި އަރލީ އައިޑެންޓިފިކޭޝަން އެންޑް އިންޓަރވެންޝަންގެ މަސައްކަތްތަކުގެ ތެރެއިން އެކުލަވާލި ސްކްރީނިންގ ޓޫލަށް ކުޅުދުއްފުށި ސިޓީގެ ޕްރީ ސްކޫލްތަކުގެ ޓީޗަރުން އަހުލުވެރިކުރުވުމަށް  ކުރިއަށް ގެންދިޔަ 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހއ އަތޮޅު ތައުލީމީ މަރުކަޒުން ޖުމްލަ 49 ޓީޗަރުންވަނީ ބައިވެރިވެފައެވެ.

މި  ޕްރޮގްރާމްގައި، ސްކްރީނިންގ ޓޫލް ބޭނުންކުރާނެ ގޮތުގެ އިތުރުން، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދޭނެ ގޮތްތަކާއި، އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ އެކި ދަރިވަރުންގެ ކިބައިން ފެނިދާނެ ބައެއް ސިފަތައް ކިޔާ ދިނުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަރލީ އައިޑެންޓިފިކޭޝަން ސްކްރީނިންގ ޓޫލަށް ޓީޗަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.