އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 3 ސަރަހައްދެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް ގާއިމުކޮށް ރަސްމީކޮށް ހުޅުވައިފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 3 ސަރަހައްދެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް ގާއިމުކޮށް ރަސްމީކޮށް ހުޅުވައިފި

ޖުމްލަ  ހަތަރު މިލިއަން ހަސަތޭކަ ސާޅީސް ހަތަރު ހާސް ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 3 ސަރަހައްދެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް ޒަމާނީ ފެންވަރަށް މަރާމާތުކޮށް ތަރައްގީކޮށް ރަސްމީކޮށް ހުޅުވައިފިއެވެ.

އިންޑިއާ ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުން އިންކްލޫސިވް ސަޕޯޓް ޔުނިޓްތައް ގާއިމުކޮށް އިތުރަށް ތަރައްގީ ކުރީ، ގދ ތިނަދޫ އަބޫބަކުރު ސްކޫލް، ލ. ގަން އިހައްދޫ ސްކޫލް އަދި ހއ އަތޮޅު ތައުލީމީ މަރުކަޒުގައެވެ. މި ތިން ސްކޫލުގައި އިންކްލޫސިވް ސަޕޯޓް ޔުނިޓްތައް އެކްސެސިބަލްކޮށް، އެތަންތަނުގެ ސެންސަރީ ރިސޯސްތައް އިތުރަށް ތަރައްގީކޮށް، އެ ޔުނިޓްތަކުގައި އެސިސްޓިވް ޓެކްނޮލޮޖީގެ ޑިވައިސްތައް ގާއިމްކޮށްފައިވެއެވެ. އިހައްދޫ ސްކޫލުގައި ތަރައްޤީކޮށްފައިވާ އިންކްލޫސިވް ޕްލޭ އޭރިއާ ފަރުމާކޮށްފައިވަނީ އުނގެނުމުގައި ޙާއްޞައެހީއަށް ބޭނުންވާ ދަރިވަރުން ޝާމިލުވާނޭހެން، ހުރިހާ ދަރިވަރުންނަށް، އެކުދިންނާ އެއް އުމުރެއްގެ އެކުވެރިންނާއެކު ކުޅެވޭނެ ގޮތަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން، އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ގާއިމް ކުރުމުގެ އިތުރުން އިންޑިއާ ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުން މިތިންސްކޫލްގެ ޖުމްލަ 21 ޓީޗަރަކުވަނީ އިންޑިޔާގެ ބެންގަލޫރުގައި ކުރިއަށް ގެންދިޔަ 10 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެފައެވެ. މި ތަމްރީނު ޕްރޮގްރާމުގެ މަގްސަދަކީ އުނގެނުމުގައި ދަތިތައް ހުންނަ ދަރިވަރުންނަށް ކިޔަވާދިނުން ހަރުދަނާކޮށް މި ސްޓްރެޓެޖީތަކެއް މުދައްރިސުން އަހުލުވެރިކުރުވުމެވެ. ޕްރޮގްރާމުގައި ބައިވެރިން ވަނީ ތަފާތު އެކި މައުޟޫޢުތައް ހިމެނޭ ގޮތަށް ތަފާތު ސެޝަންތަކުގައި ބައިވެރިވެފައެވެ. މީގެ އިތުރުން ބައިވެރިން ވަނީ އިންޑިއާގެ ކެމްޕަސްތަކަށް ޒިޔާރަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން މެއިންސްޓްރީމް ސެޓިންގައި އޮބްޒާވްކުރުމުގެ ފުރުސަތު ފޯރުކޮށްދީފައެވެ.

މިއީ އިންޑިއާ ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުން ރާއްޖޭގެ ސްކޫލްތަކުގައި މިފަދަ ޕްރޮޖެކްޓެއް ހިންގި ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު މި ސްކީމްގެ ދަށުން، ޖުމްލަ  އެއް މިލިއަން ފައްސަތޭކަ ހަތްދިހަ ހަތަރުހާސް ނުވަސަތޭކަ ވިހި ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 2 ސަރަހައްދެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް ގާއިމުކޮށްވަނީ ހުޅުވާފައެވެ.