ސާނަވީ ގްރޭޑްތަކުގައި އިނގިރޭސި މާއްދާ ކިޔަވާދޭ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނާދޭނެ ގޮތުގެ ތަމްރީނު ޕްރޮގްރާމް ކ އަދި ވ އަތޮޅުގައި ކުރިއަށް ގެންގޮސްފި

ސާނަވީ ގްރޭޑްތަކުގައި އިނގިރޭސި މާއްދާ ކިޔަވާދޭ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނާދޭނެ ގޮތުގެ ތަމްރީނު ޕްރޮގްރާމް  ކ އަދި ވ އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.

މިޑިޕާޓްމަންޓާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ، ވޯލްޑް ބޭންކްގެ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމްގައި  ކ އަދި ވ އަތޮޅުގެ ސްކޫލްތަކުން ޖުމްލަ 21 ޓީޗަރުންވަނީ ބައިވެރިވެފައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި އިންކްލޫސިވް ޕެޑަގޮޖީގެ އިތުރުން އެކި ކެޓަގަރީތަކަށް އެހީތެރިވާނެ ގޮތްތަކާއި، ކޮންޓެމްޕަރަރީ އިންސްޓްރަކްޝަނަލް މެތަޑޮލޮޖީތައް ދެނެގަތުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެ އިތުރުން ތަޢުލީމީ އާދަތައް ދެނެގަތުމާއި، އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކުގެ މައްޗަށް އަލިއަޅުވާލުން ހިމެނެއެވެ.