ބޭސިކް ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމް ފަށައިފި

ބޭސިކް ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމް ފަށައިފި

ބޭސިކް ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ، ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އާއި ޖަމާލުއްދީން ސްކޫލް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ރާއްޖޭގެ 55 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. ޖުމްލަ 10 ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރުއެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކަ ފުޅުގައި އިންކްލޫސިވް އެޑިޔުކޭޝަން ސްކޫލުތަކުން ފޯރުކޮށްދިނުމަށް މިފަދަ ޓްރެއިނިންގތަކަކީ ކޮންމެހެން ބޭނުން ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގައި ޖަމާލުއްދީން ސްކޫލުން ދެއްވަމުންގެންދަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއްވިއެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި އަޑުއިވުމުން މަހްރޫމްވެފައިވާ ދަރިވަރުންނަށް ޖަމާލުއްދީން ސްކޫލުން ކިވައިދެއްވަން ފެއްޓެވިގޮތުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މި ޕްރޮގްރާމްގައި ޖުމުލަ 62 ޓީޗަރުން ބައިވެރިވެއެވެ.