ލާރނިންގ ޕާތުވޭ އަދި ޕޯސްޓް-ސްކޫލް ޓްރާންޒިޝަން ޕްރޮގްރާމްގެ ވެލިޑޭޝަން މަސައްކަތު ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފި

ލާރނިންގ ޕާތުވޭ އަދި ޕޯސްޓް-ސްކޫލް ޓްރާންޒިޝަން ޕްރޮގްރާމްގެ ވެލިޑޭޝަން މަސައްކަތު ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފި

ލާރނިންގ ޕާތުވޭ އަދި ޕޯސްޓް-ސްކޫލް ޓްރާންޒިޝަން ޕްރޮގްރާމްގެ ވެލިޑޭޝަން މަސައްކަތު ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އެއްދުވަހުގެ މި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ، އިންކްލޫސިވް އެޑިއުކޭޝަން ޓެކްނިކަލް ކޮމެޓީގެ ޗެއަރޕަރސަން އަދި ހުރަވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަބްދުﷲ ރަޝީދުއެވެ. މީގެ އިތުރުން، މާލޭގެ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ލީޑީންގ ޓީޗަރުންނާއި ޓީޗަރުން، ދާއިރާގެ ތަޖުރިބާކާރުން އަދި ކަމާއި ގުޅުންހުރި ތަފާތު ސްޓޭކްހޯލްޑަރުންވަނީ މިބައްދަލުވުމުގައި ބައިވެރިވެފައެވެ.

ދަރިވަރުންގެ ލަރނިންގ ޕާތުވޭއަކީ، ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ކޮންމެހެން ބޭނުންވާ މިވަސީލަތެކެވެ. މިޕާތުވޭތައް އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ، ދަރިވަރުންގެ ތަފާތުތަކަށް ރިއާޔަތްކޮށް އެކުދީން ޝައުގުވެރިވާގޮތަށް ކުރިއަށް ދެވޭނެ ތަފާތު މަގުތައް ކަނޑައެޅުމެވެ. 

މިޑިޕާޓްމަންޓްގެ އަމާޒަކީ، ކޮންމެ ދަރިވަރަކީވެސް ދިރިއުޅުމުގައި ކާމިޔާބު ދަރިވަރަކަށް ހެދުމަށްޓަކައި  ސްކޫލް ނިމި ދަސްވެނިވާއިރު،  އެދަރިވަރެއްގެ އަތުގައި  ގާބިލިއްޔަތުކަން އަންގާދޭނެ ރަސްމީ ލިޔުމެއް (ފާހެއް) އޮވެ، އެދަރިވަރަކީ މުޖުތަމައުގައި އަބުރުވެރި ދިިރިއުޅުމެއް އުޅެވޭނެ ދަރިވަކަށް ހެދުމެވެ. 

ލާރނިންގ ޕާތުވޭގެ މި ކަރުދާސް، ސިޔާސަތަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ 5 ސްކޫލެއްގައި  ޕައިލެޓްކޮށް، އޭގެ ނަތީޖާއަށް ރިއާޔަތްކުރުމަށްފަހުއެވެ.