މެއިންސްޓްރީމް ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމް މިއަދު ފަށައިފި

މެއިންސްޓްރީމް ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމް މިއަދު ފަށައިފި

މެއިންސްޓްރީމް ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ތަމްރީނު” ޕްރޮގްރާމެއް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން މިއަދު ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމްގައި ހއ އަތޮޅުން ފެށިގެން ސ އަތޮޅު ހިމެނޭގޮތަށް މުޅި ޖުމްލަ 66  ސްކޫލުގެ ފައުންޑޭޝަން ސްޓޭޖް، ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 އަށް ކިޔަވައިދެއްވާ ޓީޗަރުންނާއި ލީޑިންގ ޓީޗަރުން ބައިވެރިވެއެވެ. މި ތަމްރީނު ޕްރޮގްރާމް ނިމޭއިރު މުޅި ޖުމުލަ 200 ބައިވެރިން ތަމްރީނު ކުރެވޭނެއެވެ.

2 ހަފްތާއަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެވޭނީ އޯޓިޒަމް އަދި ތަފާތު ލަރނިންގ ޑިސްއޭބިލިޓީ ހުންނަ ދަރިވަރުން ދެނެގަންނާނެ ގޮތާއި އެފަދަ ދަރިވަރުން މެއިން ސްޓްރީމް ކްލާހުގެ ކިޔަވައިދިނުމިގައި ބައިވެރިކުރެވިދާނެ ގޮތްތަކެވެ.

ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގައި ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެ ލައްވާނީ މި ޑިޕާޓްމަންޓްގެ ފަންނީ މުވައްޒަފުންނާއި މަރަދޫ ސްކޫލްގެ ލީޑިންގ ޓީޗަރ އައިޝަތު ލަބީގާ، އަމީނިއްޔާ ސްކޫލްގެ ލީޑިންގ ޓީޗަރ މަރިޔަމް ޝަތުރަތު ޝާކިރު އަދި ޅ އަތޮޅު ތައުލީމީ މަރުކަޒުގެ ސެން ޓީޗަރ ޝަރަފިއްޔާ އަލިފުޅުއެވެ