ރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ އަމިއްލަ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ އަމިއްލަ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ދިވެހިރާއްޖޭގައި ތައުލީމު ފޯކޮށްދޭ އަމިއްލަ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އޮރިއެންޓޭޝަން ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ފައްޓަވާ ދެއްވާ ، މި ސެޝަން ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޖާހިދުއެވެ.

ބައިވެރިންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑެޕިޔުޓީ މިނިސްޓަރ މުޖާހިދު ވިދާޅުވީ، ސްކޫލްތަކަކީ މުޅި މުޖުތަމައުއަށްވެސް ނަމޫނާ ދައްކުވާދޭ ތަންތަންކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާދިނުމުގެ ސިޔާސަތު ތަންފީޒުކޮށް މުޖުތަމައުއަށް ނަމޫނާ ދައްކަން ޖެހޭކަމަށެވެ.

 

2020 ވަނަ އަހަރު އަލުން މުރާޖާކޮށް ނެރުނު ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތަށް ޕްރިންސިޕަލުން އަހުލުވެރި ކުރުވުމުގެ އިތުރުން، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގައި އިސްކަން ދޭންޖެހޭ އެހެން ބައެއް ކަންކަމަށްވެސް މި ތަމްރީނު ޕްރޮގްރާމްގައި ވަނީ އަލިއަޅުވާލާފައެވެ. އޭގެ ތެރޭގައި ޔުނިވަރިސަލް ޑިޒައިން ފޯ ލަރނިންގ އަދި ކޯޓީޗިންގ ފަދަ މޮޑެލްތަކުގެ މައުލޫމާތުވެސް ވަނީ ޕްރިންސިޕަލުންނާއި ހިއްސާކޮށްފައެވެ.

މީގެ އިތުރުން ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި، އަމިއްލަ ސްކޫލްތައް ގުޅިގެން ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާ ދިނުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް ވަނީ މި ޕްރޮގްރާމްގެ ތެރެއިން މަޝްވަރާކޮށްފައެވެ.