ރިލީފް ޓީޗަރުން އިންކްލޫސިވް އެޑިޔުކޭޝަންއަށް އަހުލުވެރި ކުރުވުމުގެ ތަމްރީނު ޕްރޮގްރާމް ފަށައިފި

ރިލީފް ޓީޗަރުން އިންކްލޫސިވް އެޑިޔުކޭޝަންއަށް އަހުލުވެރި ކުރުވުމުގެ ތަމްރީނު ޕްރޮގްރާމް ފަށައިފި

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ރިލީފް ޓީޗަރުން އިންކްލޫސިވް އެޑިޔުކޭޝަންއަށް އަހުލުވެރި ކުރުވުމުގެ ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ.

 

ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ޖުމްލަ 48 ރިލީފް ޓީޗަރުން ބައިވެރިވެއެވެ. 10 ދުވަހަށް ކުރިއަށް ގެންދާ މިތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީވެސް އިންކްލޫސިވް އެޑިޔުކޭޝަންގެ އަސާސީ މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ބޭސިކް މައުލޫމާތާއި ހުނަރު މިޓީޗަރުންނަށް ފޯރުކޮށްދިނުމެވެ.