ކުދި ސްކޫލުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް

ކުދި ސްކޫލުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

ކުދި ސްކޫލުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް

އެޑިޔުކޭޝަން ވުޒާރާގެ އިއްޒަތްތެރި ވަޒީރު ޑރ. އައިޝަތު އަލީގެ ލަފާފުޅާއެކު މި ޑިޕާޓްމަންޓުން 2019 ގެ ޖުލައި މަހުން ފެށިގެން އޮކްޓޯބަރ މަހުގެ ނިޔަލަށް ކުރިއަށްގެންދެވުނެވެ. 'ކުދި ސްކޫލް ތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް' 30 ސްކޫލެއްގައި ކުރިއަށް ގެންދެވުނެވެ.  ކޮންމެ ސްކޫލެއްގައިވެސް އެއް ހަފްތާގެ މުއްދަތައް ކުރިއަށްގެންދެވުނު މި ޕްރޮގްރާމުގައި ޖުމުލަ 609 ޓީޗަރުންނަށާއި، 2608 ދަރިވަރުންނަށާއި، 1486 ބެލެނިވެރިންނަށް މި ދާއިރާއަށް އަހުލުވެރި ކުރެވުނެވެ. އަދި ސްކޫލުތަކުގެ ޓީޗަރުންނާއި އެކު ލެސަންޕްލޭން ތައްޔާރު ކުރުވާ، އައި.އީ،ޕީ ތައްޔާރުކޮށް ކޯޓީޗިންގ މޮޑެލް ބޭނުންކޮށް ކިޔަވައިދޭނޭ ގޮތް ކުރިއަށްގެންދެވުނެވެ. އަދި މީގެ އިތުރުން އުނގެނުމުގައި ބޭނުންކުރާނެ ތަފާތު ވަސީލަތްތައް މާހައުލުންފަސޭހައިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރުމުގެ ސެޝަންސްތައް ބާއްވާ އެތަކެތި ސްކޫލުތަކަށް ހަދިޔާ ކުރެވުނެވެ.

މި ޕްރޮގް ކާމިޔާބުކަމާއިއެކު ކުރިއަށްގެންދެވުނީ މާލޭގައި މި ދާއިރާގައި އިސްކޮށް މަސައްކަތްކުރަމުންދާ ސްކޫލުތަކުގެ އެއްބާރުލުމާއި އެކުކަން ފާހަގަ ކޮށްލަމެވެ. މިގޮތުން ޣާޒީ ސްކޫލް، އިމާދުއްދީން ސްކޫލް، އަމީނިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، މުހުޔިއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، އަދި ޝަރަފުއްދީން ސްކޫލުގެ އިންކްލޫސިވް ލީޑިން ޓީޗަރުންނާއި ޓީޗަރުން މި ޕްރޮގްރާމަށް ވަގުތު ދެއްވާ ވަރަށް ހިއްވަރާއިއެކު މަސައްކަތް ކުރެއްވިކަން ފާހަގަކޮށް މި ބޭފުޅުންނަށާއި ސްކޫލުގެ މެނޭޖްމަންޓަށް ނިހާޔަތައް ޝުކުރު ދަންނަވަމެވެ. އަދި މި ފަދަ ޕްރޮގްރާމުތައް ރާވާލެވޭއިރު އަބަދުވެސް މި ޑިޕާޓްމަންޓަށް އެހީތެރިކަން ދެއްވާނެކަމަށް އުއްމީދުކުރަމެވެ. އަދި ވަކިން ޚާއްސަކޮށް އިއްޒަތްތެރި ވަޒީރު މި ޕްރޮގްރާމު ވަރަށް ގާތުންބައްލަވައި، ދެއްވި އެހީތެރިކަމަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މިފަދަ ޕްރޮގްރާމު ކުރިއަށްގެންދިއުމަށް މި ޑިޕާޓްމަންޓަށް އެހީތެރިކަން ދެއްވާނެކަން ޔަޤީން ކުރަމެވެ.