ޓީޗަރ ޓްރެއިނިންގ އޮން އިންކްލޫސިވް އެޑިޔުކޭޝަން ފޯ ނިއުޓީޗަސް

ޓީޗަރ ޓްރެއިނިންގ އޮން އިންކްލޫސިވް އެޑިޔުކޭޝަން ފޯ ނިއުޓީޗަސް

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

ޓީޗަރ ޓްރެއިނިންގ އޮން އިންކްލޫސިވް އެޑިޔުކޭޝަން ފޯ ނިއުޓީޗަސް

މި ޓްރެއިނިންގ އަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދުމުގެ މަތިން ޑިޕާރޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަން އިން ރާއްޖޭގެ 5 ސަރަހއްދަކަށް އަމާޒުކޮށް ހިންގަން ފެށުނު ޕްރޮގްރާމްއެކެވެ. މިގޮތުން ފުރަތަމަ ބުރުގެ ޓްރޭއިނިންގ ހިންގިފައި ވަނީ  1 މާރޗް އިން 4 މާރޗް 2020 ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ނ،ރ،ބ އަތޮޅުގެ ޖުމުލަ 33 އިންކްލޫސިވް އެޑިޔުކޭޝަން ޓީޗަރުން ބައިވެރިވެލެއްވިއެވެ.  އަދި އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގައި ބޭއްވުނު ޓްރެއިނިންގ ގައި ގއ، ގދ، ޏ، ސ އަތޮޅުގެ 41 އިންކްލޫސިވް އެޑިޔުކޭޝަން ޓީޗަރުން ބައިވެރިވެލެއްވިއެވެ.  މި ދެ ސަރަހައްދުގައި ކުރިއަށްގެންދެވުނު މި ދެ ވޯކްޝޮޕު ފެސިލިޓޭޓް ކުރެއްވީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލް ބޭފުޅުންނާއި އިންކްލޫސިވް އެޑިޔުކޭޝަންދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ސްކޫލުތަކުގެ ލީޑިންގ ޓީޗަރުންނާއި ޓީޗަރުންނެވެ. މި އަހަރު ގެ މާޗްމަހުގެ ތެރޭގައި މިފަދަ އިތުރު ތަމްރީނު ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކުރިއަށްގެންދަން ރާވާފައިވީ ނަމަވެސް ކޮވިޑް 19 ގެ ސަބަބުން އައި ސިއްޙީކުއްލިހާލަތުގެ ސަބަބުން މިވަގުތައް ވަނީ މި ޓްރެއިނިންގތައް މަޑުޖެހިފައިކަން ފާހަގަކޮށް މި ހާލަތުން އަރައިގަނެ ހާލަތުތަންދިން އެންމެ އަވަހަކަށް މިޓްރެއިނިންގ ތައް ހިންގުމަށް ރޭވިފައިވާކަން ދަންނަވަމެވެ. އަދި ކުރިއަށް 170 ޓީޗަރުން މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނު ކުރުމަށް ރަވާފައިވެއެވެ.